ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ހެކި އޮންލައިންކޮށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނީ އެ ހަމަލާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އާއި ވީޑިއާ ނުވަތަ ޑޮކިއުމަންޓް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
އެ ހަމަލާއާ ގުޅޭ މައުލޫމާތު އޮންލައިންކޮށް ހުށަހަޅަން ޖެހޭނީ [ފުލުހުންގެ އެވިޑަންސް ޕޯޓަލް](https://mv.au.evidence.com/axon/citizen/public/486424) އަށެވެ.
ފުލުހުން ބުނީ ހާދިސާއާ މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާގެ ތަހުގީގަށް މިއަދު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން ބުނީ އެ ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު