ނ. ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންދާ 16 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު "ވަން" އަށް ވިދާޅުވީ، އެމީހުން ޕޮޒިޓިވްވީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށާއި އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެންވެ ރެއިން ފެށިގެން އެރަށް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ވިދާޅުވިއެވެ.
"ގިނައިން މި ހިމެނެނީ ޕާކިސްތާނަށް ނިސްބަތްވާ ފަތުރުވެރިން" ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ، އެމީހުން ޕޮޒިޓްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 30 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
"ޕޮޒިޓިވްވި ފަތުރުވެރިން ވަނީ ރަށުގެ ބައެއް ފިހާރަތަކަށާއި ހޮޓާ ރެސްޓޯރެންޓްތަކަށްވެސް ގޮސްފައި،" ޖައުފަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު