ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަށް ބަދަލު ގެނެސްފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފައެވެ. އަދި އެ ވަގުތުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ފިޔަވަޅުތަކާ ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އާ ދެމެދު ކަމަށެވެ.
ނަމަވެސް އެ މުއްދަތުގައި ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު