ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގެ ހާދިސާގައި އަށް މީހަކު ފިހުނު ކަމަށާއި ޖުމްލަ 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ށ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަސްމާ އާދަމް "ވަން" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 20 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަށް މީހަކު ފިހިގެން ފަރުވާ ދީފައިވާ ކަމަށާއި ދެ މީހަކަށް ދުމުގެ އަސަރު ކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ. މީގެ އިތުރުން ޕެނިކް އެޓޭކް އަދި އެހެނިހެން އަނިޔާ ލިބިގެން 10 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
އެގޮތުން 18 މީހަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ދެ މީހުންވެސް އޮބްޒަވޭޝަން ބާއްވާފައިވާ ކަމަށާއި އެ މީހުން ވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް އަސްމާ ވިދާޅުވިއެވެ.
އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވަނީ މިއަދު ހެނދުގެ ވަގުތެއްގައެވެ. ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވަނީ 11:00 ހާއިރެވެ.
މި ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެ ސަރަހައްދާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ދަނީ މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ށ. ފުނަދޫ
ށ. ފުނަދޫ
ށ. ފުނަދޫ
ށ. ފުނަދޫ
ކޮމެންޓް