ސިނަމާލެ ބްރިޖު މަތީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖު މަތީގައި މިރޭ 7:45 ހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ދެ މީހުންނަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.
މިދިޔަ މަހުވެސް ބުރިޖު މަތީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ނަމަވެސް އެކްސިޑެންޓުވުމުން އެއް ސައިކަލުގައި ތިބި މީހުން ވަނީ ފިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު