ކޮވިޑް-19ގެ މި ހާލަތުގައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބައި، މިސާލު ދައްކާ ބަޔަކަށް ވުމަށް މާލެ ސިޓީގެ ރައްޔިތުންނަށް މާލޭ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މުއިއްޒު މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތައް ފިޔަވަޅުތައް ވަރުގަދަކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
މުއިއްޒު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، ފަރުދީ ޒިންމާ އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައިވުމަށް މާލެ ސިޓީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް މާލޭގައި، ކޮވިޑުގެ ހާލަތު ވަނީ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުމުން އެކަނި ހައްލުވާ މިންވަރަށްވުރެ ގޯސްވެފައި ކަމަށް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެ ބޮޑަށް އިސްލާހު ކުރަން ޖެހެނީ ސަރުކާރުގެ ކަމާ ގުޅުން ހުރި ހާރިޖީ، ދާހިލީ އަދި އިގުތިސާދީ ސިޔާސަތު ކަމަށެވެ.
ކޮވިޑްގެ ހާލާތު ރާއްޖޭގައި ކުރިއަށްވުރެ ގޯސްވެ ޕޮޒިޓިވް ވާ މީހުންގެ އަދަދު އިއްޔެ ރެކޯޑު އަދަދަކަށް އަރައިފައެވެ އެގޮތުން އިއްގެ އެކަނިވެސް 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު