މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އާންމުކޮށްފައިވާ އުސޫލުތަކުގައިވާ ގޮތުން ބުދަ ދުވަހުން ފެށިގެން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށް އެންގުމުގައިވެއެވެ.
މީގެ ކުރިންވެސް ވަނީ މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އެއީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ. އެކަމަށް ލުއި ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވަމުންދާތީވެ، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. އޭގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު