ބަދަލު ނަގައިދިނުމުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި ހަމަހަމަކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ސަރުކާރުން ބަދަލުދިނުމުގެ ކަންތަކުގައި ހަމަހަމަ ކަމެއް ނެތް ކަމަށެވެ.
އެގޮތުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގި އިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓް ކޮށްގެން ލިބެންޖެހޭ 78 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ ބިޒްނަސް އިމޭޖް ގުރޫޕް (ބިގް) އަށް ދައުލަތުން ފައިސާ ދިނުމާއި މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ދިނުމުގައިވެސް ތަފާތުތައް ހިމެނޭ ކަމަށް އިންތި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ދައުލަތުން ބޮޑެތި ބަދަލުތަކެއްް ދޭ އިރު، އެހެން ބައެއް ފަރާތްތަކަށް ބަދަލު ނަގައިދިނުމުގެ ކަންތައް ވަރަށް ތަފާތު ކަމަށެވެ. އިންތި ފާހަގަކުރެއްވީ، ނުހައްގުން ވަޒީފާތަކުން ވަކި ކުރާ ފަރާތްތައް ޒަމާންތަކެއް ވަންދެން ޝަރުއީ ނިޒާމުގައި މައްސަލަ ކުރިއަށް ދިއުމުންވެސް އެފަރާތްތަކަށް ބަދަލުގެ ގޮތުގައި ލިބެނީ އަހަރެއްހާ ދުވަހުގެ މުސާރަ ކޮޅު ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު އެއަށްވުރެވެސް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ، ޝަރުއީ ކޯޓުތަކުގެ ހުރިހާ މަރުހަލާއެއް ނިމުމުން ނޫނީ ސަރުކާރުން ބަދަލު ނުދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން މުހިިންމުކަން ދެއްވި ނަމަވެސް މިހާރު އެކަން އޮންނަނީ އެގޮތަށް ނޫން ކަަމަށެވެ.
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ