ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސިލް، އަހުމަދު އަބްދުﷲ އަފީފުގެ މުސްތަގިއްލުކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ސުވާލު އުފައްދައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލް އަހުމަދު އަބްދުﷲ އަފީފުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެއްވީ އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
އެކަމާމެދު އިންތި ސުވާލު އުފެއްދީ ރައީސް އޮފީހުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ސަރުކާރުގެ ސަބަބުންވާ ގެއްލުމުގެ ބަދަލުނަގައި ދިނުމާ ގުޅޭ ގޮތުން އަފީފު ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާ ބިލުތައް ލަސްވުމާ ގުޅިގެން އިންސާފު ހޯދައިދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ހާއްސަކޮށް މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތް ލަސްވެފައިވާތީ އިންސާފުވެރި ބަދަލެއް ދިނުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އަފީފުގެ ވާހަކަތަކަށް ރައްދު ދެއްވުމަށް އިންތި ވިދާޅުވީ، މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލު ދިން މައްސަލައިގައި އަފީފުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ސެޓެލްމަންޓް ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި އަފީފު އިންނަވާ އިރު އޭނާއަކީ މަންދު ކޮލެޖް ތަމްސީލު ކުރައްވާ ލީގަލް ފާމުގެ ބޭފުޅެއް ކަމަށާއި އެއާއެކު އޭނާއަކީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ޅިޔަނެއްކަން އެބޭފުޅުން ބެއްލެވި ބެއްލެވުންތަކުން އެނގޭ ކަމަށް ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އަފީފު ދެއްކެވި ވާހަކަތަކުން ދޭހަވީ، މަންޖު ކޮލެޖުގެ ވެރިޔާ ކުރެއްވި ޓުވީޓުތަކެއް ތަފްސީލު ކުރެއްވި ގޮތަކަށް ކަމަށްވެސް އިންތި ވިދާޅުވިއެވެ.
ރޭގެ ނޫސް ކޮންފަރެންސްގައި އަފީފު ވިދާޅުވީ، ބަދަލުދިނުމުގައި ކަންކަން ނިންމައި ސެޓްލްމަންޓް ކޮމިޓީގައި މަންދު ކޮލެޖުގެ ކަންކަން ނިންމާ ބައްދަލުވުންތަކުން އޭނާ އިސްތިސްނާވާ ކަމަށެވެ. އަދި އެ މައްސަލައިގައި ސަރުކާރުން ނިންމި އެއްވެސް ނިންމުމެއް ނިންމުގައި ބައިވެރިވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ