ޅ. ނައިފަރުން 27 މީހަކާއި ކ. މާފުށިން 31 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އަތޮޅުތެރެއިން 185 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން މާފުށިން މިއަދު 31 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 350 އަށް އަރައިފައެވެ.
މާފުށިން އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ ކޭސްއާ ގުޅިގެން އެރަށް ވަނީ މޮނީޓަރިންއަށް ލައިފައެވެ. މާފުށިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މާފުށި ޖަލުންވެސް ވަނީ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ނައިފަރުންވެސް މިއަދު ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެރަށުން މިއަދު ވަނީ 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 507 އަށް އަރައިފައެވެ.
ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.
ނައިފަރުގައި ކޮންޓްރޯލެއް ނެތި އަދިވެސް ބަލި ފެތުރެމުންދާ އިރު، އެރަށުގައި މިހާރުވެސް ބަލި ޖެހިފައިވާ 257 މީހަކު އެބަތިއްބެވެ. އެރަށުން ބަލި ޖެހުނު 248 މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ. މިއީ މިހާތަނަށް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ރަށެވެ.
މާފުއްޓާއި ނައިފަރުގެ އިތުރުން ދެން އެންމެ ގިނަ ކޭސް ފެނިފައިވަނީ ކ. ހިންމަފުށިންނެވެ. މިއަދު ހިންމަފުށިން 15 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އއ. އުކުޅަހުން 16 މީހަކު އަދި ކ. ދިއްފުށިން ވަނީ 21 މީހަކު ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު