އައްޑޫގެ ސިޓީގެ ހުރިހާ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ.
އެޗްޕީއޭ އިން މީގެ ކުރިން ވަނީ ވަކިން އޮންނަ ހުޅުމީދޫން ކޮވިޑު ކޭސްތަކެއް ފެނި އެރަށްވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
މީގެ ކުރިންވެސް އައްޑޫ ސިޓީގެ ހުރިހާ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެފަހަރު ހުރިހާ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނައީ ހިތަދޫން ދެ މީހަކު ޕޮޒިޓިވްވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު