ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އެގްޒެކެޓިވް ބޯޑަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިންތިހާބު ވެވަޑައިގެންފިއެވެ.

ޕާޓާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރާތައް ބައިވެރިވާ އޭޝިއާ ޕެސިފިކުގެ ފަރުތުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ޕާޓާގެ ވޯޓުލާ މެންބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސިއްރު ވޯޓު ކާމިޔާބު ކުރައްވައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑަށް ޑރ. މައުސޫމު އިންތިހާބު ކޮށްފައިވަނީ މިމަހުގެ 29 އިން ފެށިގެން ދެ އަހަރުގެ ދައުރަކަށެވެ.

ޕާޓާގެ ޕްރޮގުރާމުތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށް ދޭ 32 ޗެޕްޓާ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭ އިރު ޕާޓާ މޯލްޑިވްސް ޗެޕްޓާގެ ޗެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ގިޔާސް އެވެ.

ޕާޓާގެ މިހާރުގެ ސީއީއޯ ޑރ. މާރިއޯ ހާޑީގެ ދައުރު މިމަހު ނިމުމުން ދެން އެ ޖަމިއްޔާގެ ސީއީއޯއަކަށް ހަމަޖައްސަން ނިންމާފައި ވަނީ ލިޒް އޯޓިގިއުރާއެވެ. އޭނާއަކީ 1951 ވަނަ އަހަރު ޕާޓާ އުފެދުނީއްސުރެ އެ ޖަމިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ސީއީއޯއެވެ.