އުރީދޫ މޯލްޑިވްސް އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
މި ހިދުމަތާއެކު 600 ރުފިޔާ އިން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ކޮންމެ މަހެއްގެ ޑޭޓާ އެލަވަންސް އިން މަސް ނިމޭއިރު ބޭނުންނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާ އެކު އެއްވެގެންދާނެއެވެ.
އުރީދޫން ބުނީ މިގެނައި ބަދަލާއެކު މި މަހުން ފެށިގެން "އެކު ޕޯސްޓްޕެއިޑް" އަދި "ވަރަށް ތަފާތު ޕޯސްޓްޕެއިޑް"ގެ 600 ރުފިޔާއިން މަތީގެ ޕްލޭންތަކަށް މި ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު 200 ޖީބީއާ ހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވަންސަށް އެއްކުރެވޭނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސްގެ ގޮތުގައި ނަގާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް ކުރިއަށް އޮތް މަހަށް އިތުރުކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
މިގޮތަށް ޑޭޓާ ރޯލް އޯވާ ކުރެވޭނީ 600 ރުފިޔާ އަދި 800 ރުފިޔާގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން 30 ޖީބީއެވެ. އަދި 1000 ރުފިޔާ އިން މަތީގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ކުރެވޭނީ 200 ޖީބީއެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއަކީ އަބަދުވެސް ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަމެއްދީގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
"އެގޮތުގެ މަތިން މިއަދު މި ލޯންޗް ކުރެވުނު ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުން ނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލައި ދެން އަންނަ މަހުގެ މަންތުލީ އެލަވަންސްއަށް އެއްވެގެންދާނެ. ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދައިދީ، އިންޓަނެޓުގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް," ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ފެށުނީއްސުރެ ވެސް މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ހިދުމަތްތައް ރާއްޖެއަށް ތައާރަފުކޮށް، އިތުރު ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ގުޅުވާލަދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު