މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ބައްޔެއްގެ ގޮތުގައި ދެނެގަނެ، ސިއްހީ މަރުކަޒުތަކުން ފަރުވާ ނުދެވެންވީ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ބަންދު ކުރެވޭ ފަރާތްތަކަށް ފަރުވާ ދިނުމުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކާ ގުޅޭ ގޮތުންނާއި ނެޝަނަލް ޑްރަގް އެޖެންސީން އެ އެޖެންސީގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދާކަން ބަޔާންކޮށް މަދަނީ ދެ ޖަމިއްޔާ ކަމަށްވާ، ހޭންޑްސްޓުގެދާ އަދި ޗޭންޖުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓާ ބެހޭ ގޮތުން މަޖިލިސް މެންބަރުން ކުރިއަށް ގެންދިޔަ ބަހުސާ ގުޅިގެންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ ހާއްސަ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރުތައް ހުރި ނަމަވެސް، ބަލިވާ މީހުންނަށް ފަރުވާދިނުމަކީ ލާޒިމެއް ކަމަށް ވެ ހަމަ އެގޮތަށް އެފަދަ ފަރާތްތަކަށް ރާއްޖޭގެ ސިއްހީ ސެންޓަރުތަކުން ފަރުވާ ނުދޭންވީ ސަބަބެއް ނެތްކަމަށެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވެފައިވާއިރު، ނެޝަނަލް ޑްރަގް އެޖެންސީން އެ އެޖެންސީގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދާކަން ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓުގައި ޑްރަގް ފަރުވާ ދިނުން ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި އެކަމާބެހޭ މަރުކަޒުތައް ގާއިމު ކުރުމާއި އެކަމާބެހޭ ޕްރޮގްރާމްތައް ހިންގުމާއި ހަރުދަނާ ކުރުމުގެ އިތުރުން އެ ކަންކަމަށް ފަހިކޮށް ގާނޫނުތަކާއި ގަވާއިދުތައް އިސްލާހު ކުރުން ހިމެނެއެވެ.
އެފަދަ 32 ކަމެއް ކުރަން ޖެހޭ ކަމަށް ކޮމެޓީ ރިޕޯޓުގައި ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް