އައިފޯން 12 ގެންގުޅޭ އުރީދޫގެ ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކުގައި 5ޖީ ލިބޭ ގޮތް ހަދައިފިއެވެ.
އުރީދޫން ބުނީ 5ޖީގެ ހިދުމަތް އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށެވެ. އަދި މި ހިދުމަތް ލިބޭނީ އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއާއަކަށް އަޕްގްރޭޑް ކުރުމުން ކަމަށްވެސް ބުންޏެވެ.
އުރީދޫގެ 5ޖީ ނެޓްވޯކާ އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލްތައް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެއެވެ.
އުރީދޫގެ 5ޖީ ޓެކްނޮލޮޖީއާ އެކު ހައިސްޕީޑް އިންޓަނެޓްގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް ކުޑަވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
އައިފޯން 12ގެ އިތުރުން ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓް 20 އަލްޓްރާ، ސެމްސަންގް ގެލެކްސީ އެސް 21، އެސް 21 ޕްލަސް، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް 5ޖީ މިހާރު ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
އުރީދޫގެ އީކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މިހާރު އައިފޯން 12 ލިބޭނެއެވެ. އަދި އިންސްޓޯލްމަންޓަށް ފޯން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު