ކުޑަ ބަނޑޮހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ، މަލަހިނި ކުޑަ ބަނޑޮހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ރަޝިޔާގެ އަންހެން ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ ކަމުގެ ރިޕޯޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ. އަދި މަރުވި ފަތުރުވެރިޔާ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 58 އަހަރުގެ އަންހެނެކެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.