އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން އެންމެން 10 ދުވަހަށް ކަރަންޓީންވާން އަންގައިފިއެވެ.
މިމަހުގެ 20 އިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައި އޮތް ނަމަވެސް، މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ބުނީ، އިއްޔެ އިން ފެށިގެން އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މަސައްކަތްތެރިން ރާއްޖޭގައި 10 ދުވަހަށް ކަރަންޓީން ވާންޖެހޭނެ ކަމަށެވެ.
އަދި އެ މީހަކީ ވެކްސިން ޖަހައިގެން ހުރި މީހެއް ނަމަވެސް ކަރަންޓީންވާން ޖެހޭނެ ކަމަށް ބުންޏެވެ.
ދިވެހި ސަރުކާރުން މި ފިޔަވަޅު އެޅި އިރު، އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެހެން ބައެއް ގައުމުތަކުން ވަނީ މާ ހަރުކަށި ފިޔަވަޅު އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން އިންޑިއާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާ އިރު ބައެއް ގައުމުތަކުގައި އަންނަނީ އިންޑިއާ އިން އަންނަ މީހުން 21 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް ކަރަންޓީން ކުރަމުންނެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އިންޑިއާ އިން އެފަދަ ގައުމުތަކަށް ދާން ބޭނުންވާ ގިނަ މީހުން ދަނީ ޓޫރިސްޓު ވިސާގައި ކަރަންޓީން ފުރިހަމަކުރުމަށް ރާއްޖެ އަންނަމުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު