ރާއްޖޭގެ އަމިއްލަަ ކުންފުންޏެއް ކަމަށްވާ ނަކް ޕްރައިވެޓް ލިމިޓެޑުން މާލޭގައި "މައި މާސްކް"ގެ ނަމުގައި ޑިސްޕޯސަބަލް މާސްކާއި ސާޖިކަލް މާސްކް ހަދާ ކާރުހާނާއެއް ހުޅުވައިފި އެވެ.
މި ކާރުހާނާއިން އުފައްދަނީ އާއްމުކޮށް ބޭނުން ކުރާ ސާޖިކަލް މާސްކު ހެން ތިން ފަށަލައަކަށް ހުންނަ މާސްކެވެ. އެ މާސްކް އުދައްދާފައިވަނީ ހޮސްޕިޓަލުތަކުގައި ވެސް ބޭނުން ކުރެވޭނެ ފެންވަރުގައި، ޔޫރަޕިއަން ސްޓޭންޑަޑްގެ މެޓީރިއަލް ރާއްޖޭން ބޭރުން ގެނެސްގެންނެވެ.
"މައި މާކްސް" އިން އުފައްދާ މާސްކްތައް މިހާރު ބާޒާރަށް ނެރެފައިވާއިރު، އާއްމުންގެ ފަރާތުން މި މާސްކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މައި މާސްކް އިން ރިސޯޓުތަކާއި ކުންފުނިތަކަށް ވެސް މާސްކު ސަޕްލައި ކުރެ އެވެ.
"މައި މާސްކް" އިން ރާއްޖޭގެ ބާޒާރަށް އަދި ނެރެފައިވަނީ 50 މާސްކް ހިމެނޭ ބޮނޑިތަކާއި ސްކޫލު ކުދިންނަށް ހާއްސަ މާސްކުގެ އިތުރުން ކޮންމެ މާސްކެއް ވަކިން އުރައިގައި ބަންދުކޮށްފައި ހުންނަ މާސްކެވެ.
މި ކާރުހާނާއަށް ބޭނުންވާ މެޝިންތަކާއި ރޯ މެޓީރިއަލްސް ގެންނަނީ ރާއްޖެއިން ބޭރުންނެވެ.