މާލޭގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:10 ގައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ.
މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް ވެސް 10 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން ކުއްޖާ މާލޭގެ މަގުމަތިން ނަގައިގެންދާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ މާފަންނު ލެމަން ގްރާސް ކައިރިން އަންހެން ކުއްޖާ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ފިރިހެނަކު ދާ މަންޒަރެވެ. އެވަގުތު އީދު މިސްކިތު ބޭރުގައި ގިނަ ބަޔަކު ސަފުތައް ހަދައިގެން ނަމާދު ކުރާ މަންޒަރުވެސް ފެނެއެވެ.
އެ ވިޑީއޯ އިން އެ އަންހެން ކުއްޖާ ގަދަ ދައްކައި، ނުދާން މަސައްކަތް ކުރާތަން ފެނެއެވެ. އެވަގުތު އެ ސަރަހައްދުން މީހުންވެސް ދާ މަންޒަރު ފެނެއެވެ. ނަމަވެސް އެ މަންޒަރު ފެނުމުން އެއްވެސް މީހަކު އަޅާލާތަނެއް ނުފެނެއެވެ.
އޭގެ ފަހުން އެ އަންހެން ކުއްޖާ ގަދަ ހަދަނިކޮށް، އެތަނުގެ ސައިކަލެއްގައި ކައިރީގައި ތިބި ދެމީހެއްގެ ފައި މައްޗަށް އެ އަންހެން ކުއްޖާ ވެއްޓުނު މަންޒަރު ފެނެއެވެ. ނަމަވެސް އެމީހުން އަޅާ ނުލައި ތިބި މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. ފަހުން އެ ދެ ފިރިހެނުން ވެގެން އެ ޒުވާނާ ދެ އަތުގަ އާއި ދެ ފައިގައި ހިފައިގެން އުފުލާލައިގެން ގޯޅިގަނޑަށް ވައްދާ މަންޒަރު ފެނެއެވެ. އެވަގުތު ވެސް އެތަނުގައި މަންޒަރު ބަލަން މީހުން ތިއްބެވެ. އަދި އޭގެން އެއްވެސް މީހަކު މާ ބޮޑު ސަމާލުކަމެއް އެކަމަށް ދިން މަންޒަރެއް ނުފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު