ދެ ސައިކަލެއް ޖެހި މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކިންގް ސަލްމާން މިސްކިތް ކައިރިން މިރޭ 11:20 ހާއިރުއެވެ.

އެނގިފައިވާ ގޮތުގައި އެ އެކްސިޑެެންޓުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެކްސިޑެންޓުވި ސައިކަލްތައް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފައެވެ.