ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރު ކޮށްފި އެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރީންނެވެ.
އެމަނިކުފާނު ފުލުހަށް ހާޒިރު ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލަ އަކާ ގުޅޭ ތަހުގީގަކަށް ގުޅިގެން ކަމަށް އެނގިފައިވެ އެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ. ނަމަވެސް މިއަދު 11:00 ގައި އެމަނިކުފާނު ފުލުހުންގެ މައި އިދާރާއަށް ހާޒިރު ކޮށްފައި ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވަނީ އެނގިފަ އެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތު ތަކެއްވެސް ވަނީ ކޮށްފަ އެވެ. އެގޮތުން މީގެ ކުރިންވެސް އެމަނިކުފާނު ވަނީ އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ނިންމި އެވެ. ނަމަވެސް ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ނިންމީ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށެވެ.
މާފުށީ ޖަލުގައި ހުންނަވައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ހާއްސަ މެސެޖެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށްލާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ފިކުރު ދެކެ ސަރުކާރުން ބިރުގަންނާތީ އާއި އަމާން ދީފާނެ ކަމުގެ ފިނޑި ހިޔާލުގައި ކަމަށެވެ. އަދި އެމަނިުފާނަކީ ބޭއިންސާފުގެ ކުރިމަތީގައި ކުޑަ ކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު