މާލޭގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމަރުކޮށްފައެވެ.

ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 8:10 ގައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ ކަންކަމަށް އެކަށިގެންވާ ފިޔަވަޅުތަކެއް ނޭޅެ ކަމަށް ބުނެ މުޒާހަރާތައްވެސް ކުރިއަށް ގެންދެއެވެ.