މާލޭގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 8:10 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކު ހައްޔަރު ކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލާގައި ހައްޔަރު ކުރީ ދިވެހި ދެ ފިރިހެނުންނެވެ.
ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް އެކަށިގެންވާ ފިޔަވަޅުތަކެއް ނޭޅެ ކަމަށް ބުނެ މުޒާހަރާތައްވެސް ކުރިއަށް ގެންދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު