މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ތިބި މީހުން ގިނަވުމާއި ގުޅިގެން ވެކްސިން ޖަހައިދޭ ވަގުތު އިތުރު ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޯދަ މަހު ވެކްސިން ޖަހައިދޭން ނިންމާފައި އޮތީ ރޭގަނޑު 9:00 އިން 11:00 އަށެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވުމުން އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ވަގުތު ރޭގަނޑު 9:00 އިން 11:45 އަށް އިތުރުކޮށްފައެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރަކުން ދޭނެ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާއެވެ.
ނަމަވެސް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި ވެކްސިން ދޭނީވެސް ރޭގަނޑު 9:00 އިން 11:45 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު