މިދިޔަ އަހަރުގެ މާޗަށްވުރެ މިއަހަރުގެ މާޗުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރުގެ މާޗުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ޖުމުލަ 7.89 މިލިއަން ރުފިޔާއެވެ. އެއީ 38,062 އެމެރިކާ ޑޮލަރާއެކުއެވެ.
ނަމަވެސް މިއަހަރުގެ މާޗުގައި ޖޫރިމަނާ އިން ދައުލަތަށް ވަނީ 10.1 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ 67,302 އެމެރިކާ ޑޮލަރާއެކުއެވެ. އެހެންކަމުން މިއީ 2.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޕަސެންޓޭޖުން ބަލާނަމަ 28 ޕަސެންޓުގެ އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހަށް ބަލާއިރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 33.5 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ 2020 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު ޖޫރިމަނާގެ ގޮތުގައި އެކަނި ވެސް ދައުލަތަށް ވަނީ 47.8 މިލިއަން ރުފިޔާ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު