އެނބޫދޫ ފިނޮޅު ކައިރިން ދަތުރު ކުރަމުން ދަނިކޮށް ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ބޯޓުގައި އަލިފާން ރޯވީ ތެޔޮ ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރި ކަމަށާއި ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް، 6:30 ހާއިރު ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި އިރު، އެ ބޯޓުގައި ތިން ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށާއި އެ އެންމެން ވެސް އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދަކަށް ނަގައިގެން މާލެ ގެނެސްފައިވާ ކަމަށް ބުންޏެވެ.