އެނބޫދޫ ފިނޮޅު ކައިރީގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ބޯޓުގައި އަލިފާން ރޯވީ ތެޔޮ ބަރުކޮށްގެން މާލެއިން ލ. އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

އަދި ހާދިސާ ހިނގި އިރު، އޭގައި ތިން ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށާއި އެ އެންމެން ވެސް އެ ސަރަހައްދުން ދަތުރުކުރި އެހެން އުޅަނދަކަށް ނަގައިގެން މާލެ ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓުގައި ހުރީ 60،000 ލީޓަރުގެ ޑީސަލް ކަމަށެވެ.