މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި 3،934 ކެނޑިޑޭޓުން ވާދަކުރާ ކަމަށެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،182 މީހަކަށް ލިބިގެންވެ އެވެ.
އިލެކްޝަނަސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެންދުރު 1:50 ހަމަޔަށް 100829 މީހަކު ވޯޓުލާފައިވާ ކަމަށެވެ. އެގޮތުން 53689 ފިރިހެނަކު ވޯޓުލާފައިވާއިރު 47140 އަންހެނުން ވަނީ މިހާތަނަށް ވޯޓުލާފަ އެވެ.
ހުރިހާ ރަށެއްގައި ވޯޓުލުން މިހާރު ކުރިއަށް ގެންދާއިރު، އެކި އެކި ސަބަބުތަކާ ގުޅިގެން ބައެއް ރަށްތަކުން ވޯޓުލާ ގަޑި ފަސްކުރަން ޖެހިފައިވެއެވެ. އެގޮތުން އެންމެ ލަހުން ފެށުނީ ތ. ވިލުފުށީގަ އެވެ. އެއީ ފަހު ވަގުތު ގިނަ އަދަދެއްގެ އޮފިޝަލުން ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުންނެވެ.
ވޯޓުލާ މަރުކަޒުތައް ހެނދުނު އެއްކޮށް ހުސް ނަމަވެސް މިހާރު ވޯޓުލާން ދާ މީހުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު