އެޑްވަޓޯރިއަލް

އައްޑޫ ސިޓީ އެދޭ ބަދަލަށް ލަތީފު

އަލީ ޔާމިން

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ގާތްވެއްޖެއެވެ. ދިވެހިންގެ ނިންމުން ނިންމައި ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ ދުވަސް ޖެހެނީއެވެ. އެންމެންގެ ވެސް އުއްމީދަކީ ތިމާ ދިރިއުޅޭ ވަޒަނަށް ތަރައްގީ ގެނައުމެވެ. ފުދުންތެރި ދިރިއުޅުމެއް ފެނުމެވެ. މިއަދު ނޫން ގޮތެއް ވުމެވެ.

އައްޑޫ ސިޓީއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މާލެ ފިޔަވައި އެންމެ ތަރައްގީ ވެފައިވާ ތަނެވެ. ނޫން ނަމަ ރާއްޖޭގެ އެންމެ ތަރައްގީ ދެވަނަ ސިޓީއެވެ. އެހެނަސް ހަގީގަތަކީ ނިސްބަތުން އާބާދީ ބޮޑު އައްޑޫ ސިޓީއަށް ފާއިތުވެދިޔަތަނުގައި މާ ބޮޑު ތަރައްގީއެއް އައިސްފައި ނުވާކަމެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އައްޑޫ މީހުންނަށް ދައްކަމުން އަންނަ ހުވަފެންތައް މިއަދާ ހަމައަށް ވެސް ކުލަވެފައެއް ނެތެވެ. މިއީ އައްޑޫގެ ގިނަ ރައްޔިތުން އަބަދުވެސް ގަބޫލުކުރާ ހަގީގަތެކެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިއަށް އޮތް ދައުރަށް އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ސ.ހިތަދޫ ބްލޫވިލާ އާމިނަތު ދީދީ އާއި ސ.މަރަދޫފޭދޫ ޗަމްޕާޕޫލުމާގޭ އަބްދުއްސަމަދުގެ މުހައްމަދު ލަތީފް ވާދަ ކުރައްވަވަނީ ރައްޔިތުންގެ މި ދެންނެވި އުއްމީދުތަކަށް ނިމުމެއް ގެނެސްދެއްވުވުމުގެ މަތިވެރި އަޒުމުގައެވެ. ތަފާތު އެތަކެއް ފަހަރު މަތިން އައްޑޫ މީހުންނަށް ދެއްކި އަދި ކުލަނުވެވާ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމުގެ ބޭނުމުގައެވެ. އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން މިހާތަނަށް ލިބިލެއްވެވި ހިކުމަތުގެ އަލީގައެވެ.

"އަފިރިންގެ ސިޓީ އަފިރިންނަށް، އަފިރިންގެ ރަށް އަފިރިންނަށް" މި ސްލޯގަން އާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ނިކުންނެވި ލަތީފް އަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އާއި ފައިނޭންސް އެންޑް އެކައުންޓިން އިން މަތީ ތައުލީމު ހާސިލްކުރައްވަވާފައިވާ އިލްމީ ބޭފުޅެކެވެ. ތައުލީމާއި ވިޔަފާރީގެ ދާއިރާއިން ލިބިލައްވަވާފައިވާ 23 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ލަތީފް ނިކުންނެވީ އިގްތިސޯދީ ގޮތުންނާއި އުމްރާނީ ގޮތުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމުގެ އަޒުމުގައެވެ.

މީގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑައިރެކްޓަރު ކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއާމަން ކަމާއި އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ބޯޑު ޑިރެކްޓަރު ކަމުގެ މަގާމު ލަތީފް ވަނީ ފުރުއްވަވާފައެވެ. މީގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ޕަސެންޖާ ސާވިސް ކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވަވާފައިވާ ލަތީފް އަކީ ދުނިޔެއަށް ލޯހުޅުވި ގިނަ ކަންކަމުގެ ތަޖުރިބާ ލިބިލައްވަވާ ގިނަ މީހުންނާއެކު މަސައްކަތް ކުރައްވަވާފައިވާ ހިކުމަތްތެރި ތަޖުރިބާކާރު ބޭފުޅެކެވެ.

"އައްޑޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް މި މަގާމު ދެއްވައިފިނަމަ ހަމަ ޔަގީނުންވެސް މާޔޫސްވާކަށް ނުޖެހޭނެ. އަޅުގަނޑަށް ވޯޓު ދެއްވައިފިނަމަ އައްޑޫ އަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ސިޓީއަކަށް ހެދުމާއެކު ހުރިހާ ޕާޓީއަކާއި ގުޅިގެން ތިޔަ ބޭފުޅުންގެ ކުރިއެރުމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން" ޕީޕީއެމްގެ ޓިކެޓުގައި އައްޑޫ ސިޓީގެ އެންމެ އިސް މަގާމަށް ވާދަކުރައްވަވާ ލަތީފްގެ ބަހަކީ މިއީއެވެ.

ކުޅިވަރުގެ ދާއިރާއާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރައްވަވާ އައްޑޫ ސިޓީއަށް ކުޅިވަރުގެ ރޮނގުން ރަން ވަނަތަކެއް ހޯއްދަވައިދެއްވެވި ލަތީފް ވަނީ ސެންޓްރަލް އޭޝިއަންސް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ މާކެޓިން އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މެންބަރު ކަމުގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރުކަމާއި ވޮލޯ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަން ވެސް ކުރައްވަވާފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި މޭޔަރު ކަމުގެ މަގާމަށް ވާދަ ކުރައްވަވާ ލަތީފް ވަނީ ލަތީފްގެ ކެމްޕޭން މީޑިއާ ޓީމުން ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ "ރައްޔަތުންގެ ސުވާލަ ލަތީބެއަށް" ޝޯގައި ރައްޔިތުން ފޮނުވާފައިވާ ގިނަ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާދު ދެއްވަވާ މަގާމު ލިބިލައްވަވައިފިނަމަ ވައުދުވި ގޮތަށް އެކަންތައްތައް ކުރައްވަވާފައި ނޫނީ ހުއްޓަވާ ނުލައްވަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ކަރަންޓުގެ އަގުހެޔޮކުރުމަށް އައްޑޫ ސިޓީގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމުވެފައި ހުންނަން ޖެހޭ ކަމަށް ލަތީފް އަބަދުވެސް ގަބޫލު ކުރައްވަވައެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަކީ ރާއްޖޭގެ އެއް ނަންބަރު ސިޓީއަށް ހެދުމަކީ ލަތީފްގެ ތަސައްވުރު ކަމަށް ދެކިލައްވަވާ ލަތީފު އަންނަނީ އެކަމުގެ ތަސައްވަރު ވަރަށް ރަނގަޅަށް ހާމަ ކުރައްވަވަމުންނެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްވާ ފައިވާ 3 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހަރުދަނާ ސިޔާސަތެއް މިއަދާއި ހަމަޔަށް ރައްޔިތުންނާ ހަމަޔަށް ހާމަ ކުރައްވަވާފައިވާ ލަތީފް ވަނީ މޭޔަރު ކަމުގެ ފުރަތަމަ ދެ އަހަރުތެރޭ ސްމާޓް ސިޓީ, ކައުންސިލެއް ގާއިމްކުރާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ އައްޑޫސިޓީގެ ރައްޔިތުންނަކީ މައި ސަރުކާރަށް ސަލާން ނުޖަހާނެ ފަދަ ފުދުންތެރި ބަޔަކަށް ހެދުމަކީ ލަތީފް ގެ އެންމެ ބޮޑު ހުވަފެނެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ ގިނަ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ލަތީފް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބޭނުންވަނީ ފުރުސަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް ފިކުރަކަށް އައްޑޫސިޓީގެ ހިންގުން ދީލާލާފައި އޮތް އޮތުން ދޫކޮށް ސިޓީ ތަރައްގީކޮށް ކުރިއެރުވުމަށް ލަތީފް އަށް ފުރުސަތު ދެއްވުމަކީ އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކެންޑިޑޭޓް ނަމްބަރު 1 އާއެކު ވާދަކުރައްވަވާ ލަތީފް އެންމެ ބޮޑު އެދިލެއްވެވުމެވެ.