ޅ. ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 191 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރުން މިހާތަނަށް 191 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު ނައިފަރުން ވަނީ 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ނައިފަރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 173 ދިވެހިންނާއި 18 ބިދޭސީން ހިމެނެއެވެ. އޭގެ ތެރޭގައި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނެގި ތިން މީހުންވެސް ހިމެނެއެވެ.
ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.
ނައިފަރުގެ އިތުރުން އެއަތޮޅު އެހެން ހުރިހާ ރަށެއްވެސް ވަނީ ކޮވިޑް ކޭސްތަކާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެންމެ ގިނައިން މިވަގުތު ކޭސް ފެނިފައިވަނީ އެ އަތޮޅު ފެލިވަރުންނެވެ.
އަތޮޅުތެރެއިން ގިނަ ކްލަސްޓާތަކެއް އުފެދިފައިވާ އިރު، އަތޮޅު ތެރޭގައި 500 އަށްވުރެ ގިނަ އެކްޓިވް ކޭސްތައް އުޅެއެވެ. އަތޮޅު
ތެރެއިން މިހާރުވެސް 17 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު