ށ. މަރޮށި އާންމު ހާލަތަށް ގެނެސްފިއެވެ.
މަރޮށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޅ. ނައިފަރުން މަރޮށްޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މަރޮށި ހެލްތު ސެންޓަރުން ބުނީ ރެންޑަމްކޮށް ނެގި 45 ސާމްޕަލް ނެގެޓިވްވުމުން އެރަށް މޮނީޓަރިންގެ ހާލަތުން މިއަދު ނަގާފައިވާ ކަމަށެވެ.
މަރޮށި މޮނީޓަރިންގެ ހާލަތުން ނެގި އިރު، ނައިފަރު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އެރަށުން އިއްޔެގެ ނިޔަލަށް 179 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު