އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ، އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފައިވާ ކަމަށެވެ.
މި ގޮތަށް ހަމަޖެއްސުމުން ކަލަންޑަރުގައިވާ ގޮތަށް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް އަންނަ އަންގާރަ ދުވަހަށް ވެއްޖެނަމަ އަންނަ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ހަމަޖައްސަވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މިއަހަރަކީ ސަރުކާރު ބަންދު ދުވަސްތައް ގިނަ އަހަރެކެވެ. އެގޮތުން ބޮޑު އީދާއި މިނިވަން ދުވަހާއި ދިމާކޮށް ވަނީ 12 ދުވަސް ސަރުކާރު ބަންދު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު