ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާޒީ ހަސަން ސައީދު އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ އޭނާ 2018 ވަނަ އަހަރު ފެމެލީ ކޯޓުގެ އިސް ގާޒީއެއްގެ މަގާމުގައި ހުރި އިރު، އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
ޖޭއެސްސީއަށް ހުށަހަޅާފައިވާ އެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ވަނީ ބުނެފަ އެވެ.
ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން އެ މައްސަލަ މީގެ ކުރިން އައީ ޖޭއެސްސީން ބަލަމުންނެވެ.
މީގެ ކުރިން ވެސް ވަނީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލައިފަ އެވެ. ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ޖޭއެސްސީން ކުރިން ބަނީ ބަލައިފަ އެވެ. އަދި އެ މައްސަލަ ބަލައި ޖޭއެސްސީން ތަހުގީގު ނިންމީ ފެމެލީ ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ. އަދި ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމަށްފަހު، ކުރިމިނަލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ފަހުން ވަނީ ނިންމައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު