އދ. މާމިގިލިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށް މޮނިޓަރިން އަށް ލައިފި އެވެ.
މާމިގިލި ކައުންސިލް ނައިބު ރައީސް ޝިހާމް މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާމިގިލީގައި ލޯންޗު ކެޕްޓަނަކަށް މަސައްކަތް ކުރާ މީހަކު ރޯގާ ޖެހި ހުން އައިސްގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަން މިއަދު ހެނދުނު އަންގާފައިވާ ކަމަށެވެ.
ޝިހާމް ވިދާޅުވީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާމިގިލި މިހާރު މޮނިޓަރިން އަށް ވަނީ ލާފަ އެވެ. އަދި ކޭސް އިންވެސްޓިގޭޝަނާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
މާމިގިލި މޮނިޓަރިން އަށް ލުމާއެކު ރާއްޖޭގައި ކޮވިޑް ބަލި ފެތުރި މޮނިޓަރިން އަށް ލާފައިވާ ރަށްތަކުގެ އަދަދު 16 އަށް ވަނީ އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު