އައްޑޫ ސިޓީ ހިދަތޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ބުނީ އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތެއް މިރޭ 9:15 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް ޒަހަމްވި މީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމެއް ކަމެއް އަދި ނޭނގެ އެވެ..
ފުލުހުން އިތުރަށް ބުނީ އެ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު