ދ. މީދޫން ކޮވިޑު ކޭސްތަކެއް ފެނިފައިވާތީ އެރަށު ހެލްތު ސެންޓަރުން ވެކްސިން ދިނުން ފަދަ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި އެވެ.
ދ. ކުޑަހުވަދޫ ކުލަސްޓާއާ ގުޅިގެން ދ. މީދޫން މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މީދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެގެ ނިޔަލަށް އެރަށުން ޕޮޒިޓިވް ވެފައިވަނީ ތިން މީހުންނެވެ. އެއީ ހުސް ދިވެހިންނެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ކުޑަހުވަދޫ ކުލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި މީހާގެ އިތުރުން ފުރަބަންދު ސާމްޕަލް އިން ޕޮޒިޓިވްވި ދެ މީހެކެވެ.
މީދޫ ހެލްތު ސެންޓަރުން މިއަދު ބުނީ، އެރަށުން ކޮވިޑުގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ހެލްތު ސެންޓަރުގެ ޕަބްލިކު ހެލްތު ޔުނިޓުން ދެމުން ގެންދާ ކުޑަކުދިން ކިރުން، ވެކްސިން ދިނުން ފަދަ އެންމެހާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑަލާފައިވާ ކަމަށެވެ.
އަދި އެ ޔުނިޓުގެ ހިދުމަތްތައް ދެން ފަށާނީ މޮނީޓަރިންގެ ހާލަތު އުވާލުމުން ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު