ކ. ދިއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 93 އަށް އަރައިފިއެވެ.
ދިއްފުށި މޮނީޓަރިންއަށް ލާފައިވަނީ އެރަށުން މިދިޔަ މަހުގެ ދެވަނަ ދުވަހު ރ. އުނގޫފާރަށް ދަތުރު ކުރި ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދިއްފުށިން މިއަދު 63 ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު އެރަށުން މިހާތަނަށް 93 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، މިއަދު ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު 300 މީހުން ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން ވަނީ 96 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މާލެ ސަރަހައްދުން ވަނީ 94 މީހަކު ޕޮޒިޓިވްވެފައެވެ.
އޭގެ އިތުރަށް މިއަދު ވަނީ ފެލިވަރުން 89 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ވަނީ މިހާތަނަށް 245 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް ކޮންމެ ދުވަހަކުވެސް އިތުރުވަމުންދާ އިރު، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު