ޅ. ނައިފަރުން ށ. މަރޮށްޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މަރޮށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ، ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ނައިފަރުން އެރަށަށް ދަތުރުކުރި ބޯޓެއްގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވަނީ މަރޮށީގެ ބައެއް މީހުންނާ ބައްދަލުކޮށްފައެވެ.
މަރޮށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، މިއަދު ޅ. ކުރެންދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އެއާއެކު ރާއްޖޭގެ 17 ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު