މިއަދުން ފެށިގެން ކެފޭ، ރެސްޓޯރެންޓުތައް މެންދަމު 1:00އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި އަދި ރޯދަ މަހު ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިގޮތަށް ބަދަލު ގެނެސްފައި މިވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު މިއަދު އުވާލުމާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރޯދަ މަސް ފެށެންދެން، ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދު ކަމަށެވެ.
ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެ ކަމަށެވެ.
މީގެ ކުރިން މާލެ ސަރަހައްދުގެ ކެފޭ/ ރެސްޓޯރެންޓުތަކުން ރޭގަނޑު 10:30 ވަންދެން ހިދުމަތް ދެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އެގޮތަށް ބަދަލު ކުރީ ކެފޭ އަދި ރެސްޓޯރެންޓްގެ ހިދުމަތްދޭ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަަމުންދަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު