ހަބް ކޮމްްޕެނީ ޕްރައިވެޓް ލިމިޓެޑަަށް ދިވެހި ރައްޔިތުންގެ ޕާޓީން 718،431 ރުފިޔާ ދައްކަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހަބް ކޮމްޕެނީގެ ފަރާތުން ޑީއާރުޕީން ހޯދި ހިދުމަތްތަކަށް، ދޭން ޖެހި ނުދީ ހުރި ފައިސާއެކެވެ.
މިފައިސާ ހޯދުމަށް ހަބް ކޮމްްޕެނީން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ، ވަނީ އެ މައްސަލައިގެ ސަބަބުތަކުގެ މައްޗަށް ބުރަ ވެ، ސިވިލް ކޯޓުން މައްސަލަ ނިންމާފައި ވަނީ ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އަސް ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ ޖުމުލަ އަގަށްވާ 718،431 ރުފިޔާ އަކީ ދައްކަން ޖެހޭ އެއްޗެއް ކަމަށެވެ.
ނަމަވެސް އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ޑީއާރުޕީގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަ ހައިކޯޓުން ބަލައި ހުކުމް ކޮށްފައިވަނީ، ސިވިލްކޯޓުގެ ހުކުމަށް ތާއީދު ކޮށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމާމެދު ވެސް ހިތްހަމަ ނުޖެހިގެން އެ މައްސަލަ ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި މިއަދު ކުރި ހުކުމްގައި، ވަނީ މި މައްސަލަ ބެއްލެވި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކުރާ ކަމަށެވެ.
ސުޕްރީމް ކޯޓް