ރާއްޖޭގައި ކޮވިޑް 19 މިހާރު ފެތުރެމުންދާއިރު ބޭނުންވާ ވަރަށް ކޮވިޑް ޓެސްޓިން ކެޕޭސީޓީއެއް ނެތް ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ޓެސްޓިން ކެޕޭސިޓީ ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ޅ. ހިންނަވަރުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު، ކޮވިޑް ޓެސްޓްކުރަން ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނުލިބޭ މައްސަލައިގެ އުފެދިފައިވާ ކަންބޮޑުންތަކާ ބެހޭ ގޮތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މައްސަލައިގައި މެންބަރު އަބްދުލްޣަނީ ސުވާލު ކުރެއްވީ، އެތައް ބައެއްގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބި ވާއިރު ޅ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް ޓެސްތްތައް ކުރަނަ ފެށުމާ ބެހޭ ގޮތުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، ޅ. ފެލިވަރުން ފެތުރެން ފެށި، ކޮވިޑް ކޭސްތައް ހިންނަވަރުގެ އިތުރުން ނ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅާ ހިސާބަށް ފެތުރިފައިވާ ކަމަށެވެ.

ދުވާލަކު ހަތަރު ހާހެއްހާ ޓެސްޓު ކުރެވެމުން ދާކަން ފާހަ ކުރައްވައި މިނިސްޓަރު ނަސީމް ވިދާޅުވީ އެހެން ނަމަވެސް ޓެސްޓިން ކެޕޭސިޓީ ނެތުމުގެ ސަބަބުން ބޮޑު ބެކްލޮގެއް މިހާރުވެސް އެބައޮތް ކަމަށެވެ.

ނަަމަވެސް ރޭވިފައިވާ ގޮތަށް އަންނަމަހުގެ ތެރޭގައި ރާއްޖެއަށް އިތުރު ޓެސްޓިން ކެޕޭސިޓީ ލިބުމުން އެކަންކަމަށް ހައްލެއް ގެނެވޭނެ ކަމަށް މިނިސްތަރު ވިދާޅުވިއެވެ.