މާލެއިން ހުޅުމާލެއަށް ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހައިވޭގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރި ކާރެއް ބުރިޖް ހައިވޭގެ ހަތަރު ލޭން ސަރަހައްދު ހޮޅިދަނޑިއަކަށް އަރައި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓު މިއަދު 11:10 ގައި ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި މީހަކަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް އެކްސިޑެންޓްވި ކާރަަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ އެ ކެޓެގަރީގެ ލައިސެންސް އޮންނަ މީހެކެވެ. މިއީ މާލޭގައި ޓެކްސީ ކުރުމުގެ ހުއްދަ ދީފައިވާ ކާރެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު