ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ފްލެޓް މައްސަލަ ދިރާސާ ކުރުމަށްފަހު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މިއަދު ވަނީ ނެރެފައެވެ.
ފްލެޓް ދިނުމުގެ ކަންތައްތަކުގައި ހިނގާފައިވާ ގިނަ މައްސަލަތަކެއް ފާހަަގަކޮށް، އެ މައްސަލަތަކާ ބެހޭގޮތުން އަޅަން ޖެހޭކަމަަށް ކޮމިޓީއަށް ފެންނަ ފިޔަވަޅުތައް ރިކޮމެންޑޭޝަން ތަކެއްގެ ގޮތުގައި އެ ރިޕޯޓުގައި ވަނި ހިމަނައިފައެވެ.
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މިމަސް ނިމުގެ ކުރިން އެ ފްލެޓްތަކަށް ހޮވުނު ފަރާތްތަކާ އެކު އެގްރީމެންޓް ހަދައި އެފަރާތްތަަކަށް ފްލެޓް ހަވާލު ކުރަން ޖެހެއެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެފައިވީ ނަމަވެސް، އެ ލިސްޓުގައި މައްސަލައެއް ފާހަގަ ކުރެވިގެން ހުށަހަޅައިފިނަމަ، އެ މައްސަލައެއް ހައުސިން މިނިސްޓްރިން ބަލާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
ރިޕޯޓުގައިވާ ގޮތުން މިހާރު ކުރިއަށްދަނީ ފްލެޓްތަކަށް ކަރަންޓް ލުމުގެ މަސައްކަތެވެ. ނަމަވެސް ދިމާވި މައްސަލައަކާ ގުޅިގެން އެ މަސައްކަތަށް ލަސްވުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް