ކުޅުދުއްފުށި ސިޓީން މީހަކު ޕޮޒިޓިވްވެ އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން "ވަން" އަށް ބުނީ ކުޅުދުއްފުށިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ސިޓީ މިރޭ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުން ވަނީ އެންމެންވެސް މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސްކޮށްފައެވެ.
އެ ޕޮޒިޓިވްވި ކޭސްއާއެކު އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް ދިޔަ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެމީހާ އެއްވެސް މީހަކާ ކޮންޓެކްޓްވެފައިނުވާތީ އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު