ކ. ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އެމްޓީސީސީ ބޯޓުޔާޑާ ޖެހިގެން އޮންނަ ސައިޓުގެ ފަޅުތެރޭގައި އޮތް ބޯޓެއްގައި ރޯވެގެން ތިލަފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހު 2:07 އެހާކަންހާއިރު އެ ހާދިސާ ހިނގީ ބޯޓުގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި ބޯޓުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު