އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަނދަރުގައި 3000 އެއްހާ ކޮންޓެއިނަރު ތާށިވެފައި އެބަހުރި ކަމަށް އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެެވެ.
ވިލާ ނޯޓިކާގައި މިއަދު ފެށި މޯލްޑިވްސް މެރިޓައިމް ކޮންފަރެސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ރިސޯޓުތަކުގައި އެކަނިވެސް 11 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ކުރިއަށްގެންދާ އިރު، މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ.
"އަޅުގަނޑު މިވާހަކަ ދައްކަމުންދާއިރުގައިވެސް ކޮލަމްބޯ ބަނދަރުގައި 3000 އެއްހާ ކޮންޓެއިނަރު އެބަހުރި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިއްޔެއަކީ، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ކޮންޓެއިނާ ކާގޯ ކްލިއާ ކުރަން ފެށި ދުވަސް ކަމަށާއި އެގޮތުން 5000 އެއްހާ ކޮންޓެއިނަރު ކްލިއާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ދިވެހިރާއްޖެއަށް ދުވަހަކު އެތެރެނުކުރާ ވަރަށް މުދާ އެބަ އެތެރެކުރޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކޮށް ނިމުމުން ރާއްޖެއަށް މުދާ ގެނައުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސޯދު ކުރިއަރައިގެންދާނެ ކަމަށެވެ.
އަލީ ޔާމިން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް