ދުނިޔެ

ލަންކާގައި ސިނޯފާމް ވެކްސިން ދެނީ އެގައުމުގައި އުޅޭ ޗައިނާ މީހުންނަށް އެކަނި

މުހައްމަދު އައުޒަމް

ލަންކާގައި ސިނޯފާމް ވެކްސިން ދޭނީ އެގައުމުގައި އުޅޭ ޗައިނާ މީހުންނަށް އެކަނިކަމަށް ނިންމައިފިއެވެ.

ސްރީ ލަންކާއިން އަދި މިހާތަނަށް ސިނޯފާމް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވި ނަމަވެސް ޗައިނާ އާއި ލަންކާ އިން އެއްބަސް ވެފައިވާ ގޮތުގެ މަތިން އެގައުމަށް ފޮނުވާ ވެކްސިން ހަމައެކަނި ޗައިނާ މީހުންނަށް ދިނުމަށް ވަނީ ނިންމައިފައެވެ.

ލަންކާގެ ނެޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީން އެގައުމުގައި ސިނޯފާމް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވަނީ ވެކްސިންގެ މައުލޫމާތު ފުރިހަމައަށް ސިނޯފާމް އިން ފޮނުވާފައި ނުވާތީ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ޗައިނާއިން ވަނީ ލަންކާއަށް ހަލައްކަ ޑޯޒްގެ ސިނޯފާމް ވެކްސިން ފޯރުކޮށްދީފައެވެ.

ޗައިނާއިން އަންނަނީ ސިނޯފާމް ވެކްސިން އަށް ލަންކާއިން ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.