މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ، މާލޭގެ ގެއެއްގެ ތެރޭގައި ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ބެލިއިރު މީހަކު މަރުވެފައި އޮތް މައްސަލައެއް ރޭ ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފެނިފައިނުވި ނަމަވެސް އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ނިދިގޮތަށް ނުހޭލައިިގެން ބެލިއިރު މަރުވެފައި އޮއްވާ ފެނުނީ އައްޑު ސިޓީ ހިތަދޫ/ އެންތޫރިއަމް، މުހައްމަދު ޝިނާން (31އ) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު