ކުރިއަށް އޮތް ރޯދަ މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާނެ ކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހުރިހާ އެންމެންވެސް ތަރާވީސް ނަމާދު ކުރީ ގޭގަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ތަރާވީސް ނަމާދު ކުރަން މިއަހަރު ނިންމާފައިވީ ނަމަވެސް ނަމާދު ކުރާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކަމާއެކު ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު ޖަމާއަތުގައި ނަމާދު ކުރުމަށް ހާއްސަ އުސޫލުތަކާއެކު ހުއްދަ ދިނެވެ. ނަމަވެސް ކޮވިޑުގެ ތިން ވަނަ ރާޅާއެކު މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އިލްމުވެރިންގެ ލަފައާއެކު ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރުމަށް ދާދި ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު