ކޮވިޑް އެންޓިބޮޑީ އާއެކު އެމެރިކާގައި ކުއްޖަކު އުފަންވެއްޖެއެވެ.
އެމެރިކާގެ ފްލޮރިޑާގައި ވެކްސިން ދީފައިވާ މާބަނޑު އަންހެނަކު ވިހާފައިވާއިރު ތުއްތު ދަރިފުޅުގެ ހަށިގަނޑުން ކޮވިޑްގެ އެންޓިބޮޑީ ފެނިފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
ފްލޮރިޑާގެ ޑޮކްޓަރުންގެ ޓީމުން ވަނީ އެމީހާގެ ބަނޑަށް 36 ހަފުތާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށް ބުނެފައެވެ.
ޑޮކްޓަރުން ވަނީ ވިހެއި ތުއްތު ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި އިތުރު ގިނަ ތަހުލީލުތަކެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ޑޮކްޓަރުންގެ ޓީމުން ވަނީ މާބަނޑު އިރު ވެކްސިން ދިނުމުން ދަރިފުޅަށް އެންޓިބޮޑީ ލިބޭކަން ކަށަވަރު ކުރުމަށް އިތުރު ތަހުލީލުތައް ކުރާނެ ކަމަށާއި މި ޓެސްޓުތައް ކާމިޔާބު ވެއްޖެ ނަމަ މިއީ ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ